ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ދައުލަތް ލޫޓުވާލަން އުޅޭ ވެރިން ހުއްޓުވޭނެ ގޮތެއް ނެތްކަމަށް ބުނެ އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ޝަރީފް މި ކަންބޮޑުވުން ފާޅުކުރަށާވާފައި މިވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނުކުރަން އަންގާފައިވާ ބައެއް ކަންކަން މުއައްސަސާތަކުން ކުރަމުންދާކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވިދާޅުވީ މިހާރު ސަރުކާރުގެ ވެރިން ބަލަނީ ކޮންމެވެސް ހަނި ދިމާލެއް ފަޅާލައި ހޯދައިގެން ނަމަވެސް އެމީހުން ބޭނުންކަމެއް ބޭނުންގޮތަކަށް ނިންމާލެވޭތޯކަމަށެވެ. އަދި މުޅި ދައުލަތް ހުއްޓިފައިއޮތް ވަގުތުގައި ބާރުތަކުން ދައުލަތް ލޫޓުވާލައިގެން ނޫނީ އޮފީހުން ނުނިކުތުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށްވެސް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މިގޮތަށް މަސައްކަތް ކުރާހާލުގައި އެމީހުން ހުއްޓުވޭނެ އެއްވެސް ބާރެއްނެތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

"‏މިހާރު ސަރުކާރުގެ ވެރިން ބަލަނީ ކޮންމެވެސް ހަނި ދިމާލެއް ފަޅާލައި ހޯދައިގެން ނަމަވެސް އެމީހުން ބޭނުންކަމެއް ބޭނުންގޮތަކަށް ނިންމާލެވޭތޯ، ހިތާމައަކީ މުޅިދައުލަތް ހުއްޓިފައިއޮތް ވަގުތުގައި ބާރުތަކުން ދައުލަތް ލޫޓުވާލައިގެންނޫނީ އޮފީހުން ނުނިކުތުމަށް މަސައްކަތް ކުރާހާލުގައި އެމީހުން ހުއްޓުވޭނެ އެއްވެސް ބާރެއްނެތީމަ." ޝަރީފް ވިދާޅުވިއެވެ.

އިންތިގާލީ މަރުހަލާގައި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހަވާލުކުރުން މަޑުޖައްސާލުމަށާއި ބައެއް ކަހަލަ ކަންކަން ކުރިއަށް ނުގެންދިއުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. އެގޮތުން އޭސީސީއާއި އަދި ޕީސީބީން މުއައްސަސާ ތަކާއި ކުންފުނިތަކަށް އަންގާފައިވާ މިފަދަ އެންގުންތައް ފާހަކޮށްލެވެޢެވެ.


ކިޔުންތެރިންގެ ހިޔާލު


0

ފައުޖީ

07-Nov-2023

ތިވެސް ރައްޔިތުން މަޖިލީހުގެ ފެއިލް ވުމެއް. ލާރި ކައިގެން މަސައްކަތެއް ނުކުރޭ.... އެއްމެ މުހުއްމު ކަންތަށް ދުކޮސްލަފައި އޮންނަނީ.......... ދެން ރައްޔިތުން ނިކުމެގެންތަ ކޮންމެ ކަމެއްވެސް ކުރާންޖެހެނީ.....



ޓްރެންޑިން