މާލޭ މަގުމަތިން ފެނުނު ކުޑަ ކަންޒު ކަހަނބެއް، ކ. ކާށިދޫގެ ޗަސްބިމަށް ދޫކޮށްލައިފިއެވެ.

އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ މި ހަފުތާގެ ކުރީކޮޅު މާލޭ މަގުމަތިން މީހަކު ކަންޒު ކަހަނބުއެއް ސަލާމަތްކޮށް އީޕީއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކަންޒު ކަހަނބު ފެނުނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލުން މަގުމަތިންނެވެ.

އީޕީއޭއިން ބުނީ، އެ ކަންޒު ކަހަނބު ކ.ކާށިދޫ ޗަސްބިން ސަރަޙައްދަށް ގެންގޮސް ދޫކޮށްލާފައިވާ ކަމަށެވެ. އެސަރަޙައްދަކީ ރާއްޖޭގައި ކަންޒު ކަހަނބުގެ އާބާދީ އެންމެ ބޮޑު ސަރަހައްދު ކަމަށް އީޕީއޭއިން މަޢުލޫމާތުދެއެވެ. ސަރުކާރުން ވަނީ 2021 ވަނަ އަހަރު ކާށިދޫގެ ކަނޑޫފަލާއި ކުއްޅަވައްފަލާއި ކަށިކޭލާއި ރުކުގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދު ހިމާޔަތްކޮށްފަ އެވެ.

އީޕީއޭއިން ވަނީ ކަންޒު ކަހަނބު ސަލާމަތްކޮށް ވަގުތީ ގޮތުން ބެލެހެއްޓި އާއިލާއަށާއި، ކާށިދޫއަށް ގެންދިޔުމަށް އެހީތެރިވެދިން ވޭލާ އެކްސްޕްރެސް ސްޕީޑް ބޯޓަށާއި ކާށިދޫ ކައުންސިލަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން