ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނަށް ކަނޑައަޅާފައިވާ ބިން ކުއްޔަށް ދޫކުރަން ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިއަދު ކުރި އިއުލާނެއްގައި ފިޔޯރީ ކައުންސިލުން ވަނީ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނަށް ކަނޑައަޅާފައިވާ ބިން، 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި ސަރަހަައްދަކީ 429،480.00 (ހަތަރުލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ އައްޑިހަ) އަކަފޫޓްގެ ބިމެއް ކަމަށް ފިޔޯރީ ކައުންސިލުން ބުނެފައި ވެއެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރ 30 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން