ރާޔާ ރިޟާ   7 ނޮވެމްބަރު 2023 - 21:12
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓިމެއް މިއަަދު އަރބަންކޯގެ މައި އޮފީހަށް ވަދެފިއެވެ.

އެ އިދާރާގެ ޓީމެއް އަރބަންކޯއަށް ވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އާބާންކޯ އޮފީހަށް އޭސީސީގެ ޓީމެއް ވަދެފައިވަނީ ހުޅުމާލެއިން ބިންތަކެއް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާތީއެވެ.

އޭސީސީން ވަނީ މިދިޔަ ހަފްތާގައި އިންތިޤާލީ މަރުހަލާ ތެރޭގައި ބިންތަކުގެ ވިޔަފާރި ނުހިންގުމަށް އަރބަންކޯއަށް އަންގާފައެވެ. އޭސީސީން މިގޮތަށް އަންގާފައިވަނީ އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމާއި ގުޅޭގޮތުން އިންތިޤާލީ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އިންތިޤާލީ އޮފީހުން ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މިހާތަނަށް އާބަންކޯގެ ބަހެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން