އަހުމަދު މަސްނޫމް   8 ނޮވެމްބަރު 2023 - 2:13
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރާ މަސައްކަތުގެ ތެރެއިން، ގަލޮޅު ޕޮލިހަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިއަދު ޒިޔާރަށް ކުރައްވައިފިއެވެ.

މި ޒިޔާރަތަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގަވާ ޖިނާއީ ތަޙްޤީޤުތައް ހަރުދަނާކޮށް، ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

މިޒިޔާރަތުގައި، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަލީ ސަމީރާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ ރާބިޢުއާއި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމާއި، ޕީޖީ އޮފީހުގެ އެކި ޔުނިޓުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ޒިޔާރަތުގައި، ގަލޮޅު ޕޮލިސް ސްޓޭޝަންގައި ޢާންމުންނަށް ޚިދުމަތްދޭން ހުރި ވަޞީލަތްތައް ޕްރޮސިކިއުޓަރ ޖެނެރަލް ބައްލަވާލައްވައި، އިންވެސްޓިގޭޓަރުންނާ މަޝްވަރާ ކުރެއްވިއެވެ. ސްޓޭޝަންގެ އެކި މަސައްކަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދެވޭނެ އެހީތެރިކަމާބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.



މިސިލްސިލާ މަސައްކަތުގައި ގަލޮޅު ޕޮލިސް ސްޓޭޝަންގައި ނުނިމި ހުރި މައްސަލަތައް ނިންމުމުގައި ޤާނޫނީ ގޮތުން ދެވެން ހުރި ލަފައާއި އިރުޝާދު ދިނުމުގެ ޚާއްޞަ މަސައްކަތްތަކެއްވެސް ވަނީ އިފްތިތާޙު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން