މިފްކޯއިން މަސް ގަންނަމުންދާ އަގު ކުޑަކުރުމަށް ނިންމާފައިވާކަމަށް ބުނާ ވާހަކަތައް މިފްކޯއިން ދޮގުކޮށްފިއެވެ.

މިފްކޯއިން މިވާހަކަތައް ދޮގުކޮށްފައި މިވަނީ، މިފްކޯއިން މަސް ގަންނަ އަގު ރިވިއު ކުރަމުންދާކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ހަބަރުތައް ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ސެޕްޓެމްބަރުމަހު މަސްކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރިފަހުން އެކުންފުނިން މަސްގަންނަމުން އަންނަނީ އެ ރޭޓުގައިކަމަށެވެ. އަދި އެ އަގު ކުޑަކުރަން މިފްކޯއިން އެއްވެސް ވަރަކަށް ވިސްނާފައި ނުވާ ކަމަށްވެސް އެ ކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

މިފްކޯގެ ބަޔާނުގައި ބުނީ މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މިފްކޯއިން ސީދާ މަޝްވަރާކުރަމުން ނުދާކަމަށެވެ. އަދި މަސް ކިރުމަށްފަހު ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކާ ޚަލާސް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރަމުންދާކަމަށާއި މަސްވެރިން އަތުން ގަނެފައިވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުން ގެންދާނެ ކަމުގެ ޔަގީންކަންދޭކަމަށްވެސް މިފްކޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން