ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ދިނީ އިންސާފުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ދީފައިވަނީ އޭގެ އެންމެ ހައްގުވެރިންނަށް ކަމަށެވެ. އަދި އެކަން އެ ނޫން ގޮތެއްގައި ދައްކަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ވަނީ ސިޔާސީ ނުފޫޒު ފޯރުވައި، ލިބެން ނުޖެހޭ މީހުންނަށް މަތިން ޕޮއިންޓު ދީގެން ފްލެޓު ދީފައިވާ ކަމަށް ބައެއް މީހުން ކުރާ ތުހުމަތުތަށް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުން ވެސް އަދި އޭސީސީ ފަދަ މުއައްސަސާތަކުން ވެސް ފުލެޓް ދިންގޮތުން ކަންބޮޑުވެގެން ނޫޅޭ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފުލެޓް ދިން ގޮތާއި މެދު އާންމުންގެ ހުރި ޝަކުވާތައް ބަލާނެ ކަމަށެވެ. އެ ޝަކުވާތައް ބަލައި ނުހައްގުން މީހަކަށް ފުލެޓް ދީފައިވާނަމަ ފުލެޓް އަތުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ފުލެޓްގެ މައްސަލައިގައި އޭސީސީގެ ޓީމަށް ވެސް ހުރިހާ މައުލޫމާތެއް ދީފައިވާނެ ކަމަށާއި ހުރިހާ ލިޔެކިޔުމެއް ވެސް ދައްކާފައިވާނެ ކަމަށެވެ. އަދި އެކަމުގައި އެއްވެސް އިހުމާލެއް ވެފައި ނޯންނާނެ ކަމުގެ ޔަގީންކަން އަކްރަމް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ެއ ސ

08-Nov-2023

އަހަރެން މާލޭގައި ދިރިއުޅޭތާ 40‏ އަހަރު އުޅެނީ ކުއްޔަށް 3 ‏ދަރިން އެބަތިބި އެކަމްސް ލިބުނީ 30 މާރކސް އިންސާފު ވެރިވާނީ މިވަރަށް. ވަގު އަކުރޭ ގެ އިންސާފަށް ސަލާމް



ޓްރެންޑިން