ރާއްޖޭގައި ވިއްކާ ބޭހެއްގައި ކެމިކަލް މާއްދާތަކެއް ހުރިކަން ފާހަގަވެގެން، އެ ބޭސް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްގައި ކެމިކަލް މާއްދާތަކެއް ހުރިކަން ފާހަގަވެގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެކަން ގައުމުތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެޗްޕީއޭއިން ދިޔައީ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިގޮތުން ރާއްޖޭގެ ބާޒާރުގައި ވިއްކާ ބޭސްތަކުގެ ސާމްޕަލް ނަގައިގެން ބެލިބެލުމުން އެލާގޯ ނަމަކަށް ކިޔާ ބްރޭންޑެއްގެ ސިޓްރިޒަން ދިޔާ ބޭހުން ކެމިކަލްގެ ދެ މާއްދާއެއް ފެނިފައިވާކަމަށް އެފްޑީއޭ އިން ބުނެފައި ވެއެވެ. އެއީ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ނަމަކަށް ކިޔާ ކެމިކަލެއް ކަމަށާއި ކެމިކަލް މާއްދާ ހުރިކަން ކަށަވާރު ވެފައިވަނީ ބެޗް ނަންބަރު B220 ގެ އެ ބްރޭންޑުގެ 5ML ބޭސް ފުޅިތަކުގައި ކަމަށެވެ.

އެ އޮތޯރިޓީން ބުނީ އެލާގޯ ބްރޭންޑްގެ ސިޓްރިޒަން ދިޔާބޭހުގެ އިތުރު ތަޙްލީލު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީވެ އެ ޓެސްޓްގެ ނަތީޖާ ލިބި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބްރޭންޑް އެތެރެކުރުމާއި ވިއްކުމާ ބޭނުން ކުރުމަކީ މަނާކަމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން