ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު މިހާރު ހުންނެވީ ރައީސް ޔާމިން އާއި އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޫޓްކޮޅު ފޮހެން ވެސް ތައްޔާރަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ސައިޒަކީ އެންމެ 7 ޕަސެންޓް ކަމަށާއި އެމަނިކުފާނަކީ މިއަދު ރައީސް ޑރ. ވަހީދަށް ވުރެ ދެރަވަރު ބޭފުޅެއް ކަމަށެވެ.

އެގޮތުން ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ކަފުންވެ ނިމިއްޖެ ކަަމަށާއި އެމަނިކުފާނާއި ޑިމޮކްރެޓްސް އިން މުޢިއްޒުގެ ސަރުކާރުން މޭވާ އެއް ލިބޭތޯ އާދޭސް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެެވެ. ޝަރީފް ވިދާޅުވީ ޑިމޮކްރެޓްސްއަކީ ވެރިކަން ކުރާ ޕާޓީއިން “ސުވާއެއް ބަތްސުވާއެއް” ލިބޭތޯ އާދޭސްކުރަމުންދާ ކުދިކުދި ޕާޓީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޕާޓީއެއްކަމަށެވެ. އަދި ޑިމޮކްރެޓުންވަނީ އެ މީހުންގެ މުޅި ހަޔާތުގައި ސިޔާސީ ގޮތުން ވަކާލާތުކުރި ހުރިހާ ކަމެއް "އޮޅާލައި" އެކޮޅު ކޮޅުން ޖަހާފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ފެންނަމުންދަނީ އެ ބަޔަކާ ދެކޮޅަށް މުޅި ސިޔާސީ ހަޔާތް ބިނާކުރުމަށްފަހު ޑިމޮކްރެޓުން އެ މީހުންގެ ފަހަތުން ސަލާންޖަހަމުންދާ މަންޒަރުކަމަށެވެ. އެގޮތުން އެ އެމީހުން ސަލާން ޖަހާ ވަށިގަނޑު ހިފައިގެން ދާ ހިސާބަށް މިހާރު ކަން ގޮސްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުނުވާން އުޅޭ އެންމެ ބޮޑު ސަބަބަކީ އެ މަގާމު ގެއްލުމުން މުޅި ދުނިޔޭގައި ވެސް އެ މަނިކުފާނުގެ ހައިސިއްޔަތެއް ނެތުން ކަމަށެވެ. އެންމެ ކުޑަމިނުން މިހާރު ހުންނެވި ގޮނޑިއަށް ވެސް ކުރިމަތިލާން ދެން ރައީސް ނަޝީދަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލައަކީ މަޖިލިސް ނުހިގައިގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި ރާއްޖޭގައި މިހާރު ގާނޫނު އަސާސީ އެއް ނެތް ކަމަށެވެ. އެގޮތުން ގާނޫނީ ޙުކޫމަތެއް މިިއަދު ނުހިނގާ ކަމަށާއި މަޖިލީހުގެ ހަތަރު ފަސް ބޭފުޅަކު ވެގެން ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ދުރުވިސްނާ

08-Nov-2023

ޝަރީފް އިންސާނާއަށް ދުނިޔޭގެ ދިރިއުޅުމުގަ މަޖްބޫރީ ހާލަތްތައް އަންނާނެކަން ގަބޫލުނުކޮށް ތިމާފަދަ އަނެއްއިންސާނާއަށް މަލާމާތާ ފުރައްސާރަ ކުރާއިރު، މިހާރުތިހުރީ ގެރިއައިނުގެ ފަހަތަށްއޮތްގެރީގެ ދަރަޖައިގަ. މީގެ 4 އަހަރުކުރިން އެކިމީސްމީހުނަށް ގުޅައިގެން "މިސްކިތް ހުޅުޖެހިމީހާ" ވެގަނެގެން އެމް.އެމް.ޕީ އާރުސީ ޚިޔާނާތުގަ ތިމާމީހާގެ ވާހަކަދެއްކިންތޯ ބުރޯއަށް ގުޅާފޭށޭ ކިޔައިގެން އަދީބުގެ ރައްޓެހިންނާ ބައްދަލުކޮށް ރޮއިހޭރި އެމީސްމީހުންގެ އަތުން ދަރަންޏަށް ވަކިލާރިކޮޅު ހޯދައިގެން މޮޔަގެރިއެއްހެން ކަޑަބޮއް ޖަހަމުން ދުވި ހަދާން ތިނެތުނީ ހާދަހާވާ އަވަކަށްތަ؟ ބުނަންއޮތީ ދަޢުވާމިހާރު ރެޑީވަމުންދާވާހަކަ. މީވަރަށްވާހަކަ. މިއަދު މަޖިލީހުގެގޮޑި ގެއްލުނަސް ނަޝީދު ތިފެންވަރަކަށް ނުވެއްޓޭނެ. ސިޔާސީގޮތުން ކޮންމެކަމެއްވެސް ކޮށްފާނެ.


3

އަސަރ

08-Nov-2023

މަނިކު ފާނު ތަފާތު ވެއެވެ އިބްރާހީމް މުހަންމަދު ސޯލިހު ގެޖަންގިޔާދޮވެދޭން މަނިކު ފާނުތިހުރީރެޑީގަދޯ



ޓްރެންޑިން