ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް އަވަސް ކުރަން 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހަމަޖެހިފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.

މީޑިޔާއަށް މައުލޫމާތު ދެެއްވަމުން ޓްރާންސިޝަން ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް އަވަސް ކުރަން 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފައިސާ ހަމަޖެއްސީ، ޔޫއޭއީގެ ސަރުކާރުގެ ދައުވަތަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހޯމަ ދުވަހު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް މިވަގުތަށް އެންމެ މުހިއްމު މަޝްރޫއުއަކީ އެއާޕޯޓު މަޝްރޫއު ކަމަށެވެެ. އެއީ އިންތިހާބީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް ފިރުޒުލް ފާހަަގަކުރެއްވިއެވެ.

"ޔޫއޭއީއަށް އަމިއްލަ ދަތުރުފުޅުގައި ލިބިވަޑައިގެން ފުރުސަތުގެ ތެރެއިން ޔޫއޭއީ ސަރުކާރުން އަބޫދާބީ ފަންޑުގައި އެ ފައިސާ ހަމަޖައްސަވާދޭން އިންތިހާބީ ރައީސް އެދިފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.

އަބޫދާބީ ފަންޑުން 80 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން