ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހަމަޖެއްސީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް އަވަސް ކުރަން 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހަމަޖެހިފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރުމާއި ގުޅިގެންނެވެެ. މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޓްރާންސިޝަން ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އެ ފައިސާ ހަމަޖެހުނީ ޔޫއޭއީގެ ސަރުކާރުގެ ދައުވަތަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހޯމަ ދުވަހު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށެވެެ.

އެކަން ދޮގު ކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ އެ ފައިސާ އަކީ ރައީސް ސާލިޙުގެ ސަރުކާރުގައި ހަމަޖެހުނު ފައިސާ ކަމަށެވެ. އަދި އެފައިސާއާއި މުޢިއްޒުގެ ދަތުރުފުޅާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އަރަބި ގައުމުތަކާއި އެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ގްރޫޕުގައި ކުވެއިތު ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ ބައިވެރިވި ކަމަށެވެ. އެބައްދަލުވުމުގައި އެއާޕޯޓް ޕްރޮޖެކްޓު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ރޭޝިއޯއެއްގެ ދަށުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"އިންތިހާބީ ރައީސްގެ ދަތުރުފުޅުގައި އެ ނަންބަރު [80 މިލިއަން ޑޮލަރު] އެމަނިކުފާނާ ހިއްސާކުރެއްވީ. ޕްރޮޖެކްޓު ނިންމަން އިތުރަށް ބޭނުންވާ ފައިސާ ދޭނެ ކަމުގެ ޔަގީންކަން ކުރިން ވެސް ދީފައި އޮތީ. އަޅުގަނޑުމެންގެ މަސައްކަތުން ނިންމާފައި އޮތް ކަމެއް އެއީ." ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ގަމާރު

08-Nov-2023

ގެއަށް ކަނޑާލާ. މިހާަރު ރައްޔިތުން ނަށް ލައްކަ ދޮގު ހަދައި ލައްކަ އޮޅުވާލުން އޮޅުވާލައިފީމު.


3

ދޫލަ

08-Nov-2023

ހަމަ, ނިދާފަ ހޭލީ, ފަންޑު ލިބުނީ, ޖޯކެެއްނު, ވިސްނާލިޔަސް އެނގޭނެ, އެެއް ދުވަހުން ދެދުވަހުން ބޮޑު ލޯނެެއް ހަމަ ނުޖެހޭނެކަން


-3

އާރު ޓީ މީހާ

08-Nov-2023

ކަލޯ ކަމެއް ނުވިޔަސް މެޑަލް ޖަހާތި. ދެން އިނބަމެންގެ އަނެއް ޚާއްޞިއްޔަތަކީ ކަރާ ފަޅަން ފިސާރި ކުޅަދާނަވުން.



ޓްރެންޑިން