ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިއްޖެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 21.14 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.



މި މަޝްރޫޢުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި 430 މީޓަރުގެ ސަރަޙައްދެއްގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 280 މީޓަރުގެ ސަރަޙައްދެއްގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 7,171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރެވުނު ކަމަށް އެމްޓީސީސީން ބުނެފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން