އަހުމަދު މަސްނޫމް   8 ނޮވެމްބަރު 2023 - 21:15
އިސްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ލާއިންސާނީ ޢަމަލުތައް ހުއްޓާނުލައިފިނަމަ މުޅި ދުނިޔެ ދާއިމަށް އިސްރާއީލާއި ދެކޮޅު ވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މިދިޔަމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެނެވެ.



ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްރާއީލުން ހަމަލާތައް ދިނުން މެދުކަނޑާލައި، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ގަތުލް އާއްމު ހުއްޓާލަންޖެހޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި މުޅި ދުނިޔެ ދެކޮޅު ހަދަމުންދާކަމީ ޝައްކެއް ނެތްކަމެއްކަމަށެވެ. އަދި އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ މުޅި ދުނިޔެ ދާއިމަށް އިސްރާއީލާއި ދެކޮޅު ވެދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން