އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ އިއްޒަތްތެރިންގެ ލިސްޓު ފައިނަލްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އިންތިހާބީ ރައީސް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ އިދާރާއިން އިންތިޒާމްޖުރާ ރަސްމިއްޔާތެކެވެ. ރައީސްކަމުގެ ހުވާ ކުރާ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރީންގެ ލިސްޓު ފައިނަލްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި މި މަޝްވަރާތައް ބާއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއެކުކަމަށްވެސް އެ އިދާރާއިން ބުނެއެވެ.



އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 17 ވާ ހުކުރުދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

މިރަސްމިއްޔާތުގަޢި ބައިވެރިވުމުގެ ދައުވަތު ބޭރުގެ އިއްޒަތްތެރިންނަށް ފޮނުއްވާފައި ވީނަމަވެސް ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން އަދިވެސް ކަށަވަރެއް ނުވެއެވެ.

ދައުވަތު ފޮނުވާފައިވާ އިއްޒަތްތެރިންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނޭކަމަށް ހަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން