މީހަކު މަރުވި މާރާމާރީއަކާއި ގުޅިގެން ދައުވާކޮށްފައިވާ އިބްރާހިމް ފައިހް ނިޒާމްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

މިފަހަރު ކޯޓުން ވަނީ އުމުރުން 26 އަހަރުގެ ފައިހްގެ ބަންދަށް 45 ދުވަސް ދީފައެވެ. ފުލުހުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް ކޯޓުގައި އެދިފައެވެ. އެހެން ނަމަވެސް، ކޯޓުން އެގޮތަށް އެ އަމުރު ނެރެ ނުދެއެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައި ވާގޮތުގައި މި މައްސަލައިގެ ތަހުގީގު މަސްދުވަހަށް ދިގުދެމިގެން ގޮސްފައިވާއިރު، މައްސަލަ ނިމޭނެ މުއްދަތެއް ނޭނގި ތަހުގީގު ދިގުލައިގެން ދިއުމުގެ އިހުތިމާލެއް އޮތުމަކީ އަމުރު ނެރެނުދިނުމުގެ ސަބަބެވެ. އަދި މި ހާލަތުގައި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަކީ އިންސާފުވެރި ގޮތަކަށް ނުވެދާނެ ކަމަށްވެސް ކޯޓުން ބަޔާންކޮށްފައި ވެއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު (25އ)ގެ މައްޗަށް ދަޢުލަތުން ވަނީ އުފުލާފައެވެ.



މި އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭ ބަޔަކު މާރާމާރީ ހިންގައި، މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގެ މައްސަލައެއްގައި ފުލުހުން ފައިހް ހޯދަން އިޢުލާނުކުރުމުން އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންނަށް ފިލައިގެން އުޅެފައެވެ. އެއަށްފަހު، އޭނާ ވަނީ މާޗް މަހުގެ 21 ވަނަ ދުވަހު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން