މަޖިލީހުގައި މެމްބަރުންގެ ގޮތުގައި އަންހެން ބޭފުޅުން މަދުއިރުވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ އެ ކަނބަލުންނަށް ބިރު ދެއްކެވުމަށްކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރޮޒައިނާ މިކަންބޮޑުވުން ފާޅުކުރެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ނިސްބަތްވާ ގޮތަށް މަޖިލީހުގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެނެވެ.

ޖީހާން މިއަދު ވަނީ އައިޕީޔޫގެ ހިއުމަންރައިޓްސް ކޮމިޓީގެ ޗެއަރމަންގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެކަމާއި ގުޅިގެން ރޮޒެއިނާ ވަނީ މަޖިލިސް މެންބަރުން ހިމެނޭ ގްރޫޕެއްގައި ޖީހާނަށް މަރުހަބާ ވިދާޅުވެފައެވެ. ނަމަވެސް ރޮޒައިނާގެ ތަހުނިޔާގެ މެސެޖާއި ވިއްދައިގެން ދެން އައީ ރައީސް ނަޝީދު މެސެޖެކެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެންބަރުން އައިޕީޔޫގެ ފަދަ ތަންތަނުގެ މަގާމްތަކުން ވަކިކުރާނެކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނަށް ބޭރު ގައުމުތަކަށް ނޭރޭވަރުކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އަންނަން ހުރި ކަންކަމާއި ބަލާފައި ވެރިކަން ގެއްލުމަކީ އެމްޑީޕީއަށް ކުރިމަތިވި ކުޑަ ކަމެއްކަމަށެވެ.



ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ރޮޒައިނާ ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަޖިލީހުގައި ތިއްބެވީ އެންމެ 4 ކަނބަލުންކަމަށާއި އެހެންކަމުން ޖީހާނަށް ލިބުނު ކާމިޔާބީއާމެދު ފަހުރުވެރިވާކަމަށެވެ. ނަމަވެސް މަޖިލީހުގެ އިތުބާރު ނެތް ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ އެ މަދު ކަނބަލުންނަށްވެސް ބިރު ދެއްކޭތޯކަމަށް ރޮޒައިނާގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއާ ދެމެދު ސިޔާސީ ހަނގުރާމައެއް ކުރިއަށްދާއިރު އެކަމުގައި މިހާތަނަށް އެމްޑީޕީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމުގައި އެމްޑީޕީއާ ދެކޮޅަށް ނަޝީދު ކުރެއްވި މަސައްކަތްތަކުގެ ހިއްސާ ބޮޑުކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކޮރަކަލި

09-Nov-2023

ކަނބަލުންނަ އެއްޗެހި ގޮވަނީ ކަނބަލުންގެ ބޭނުންކެޑިފައި ވާމީހަކަށްވާތީ



ޓްރެންޑިން