އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮޖެކްޓެއް އުސޫލުތަކުގެ ބޭރުން ހުއްޓާލާނެކަމުގެ ބިރެއް ނެތްކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ހިންގާ، އިންޑިއާގެ އެގްޒިިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ރަމޭޝް، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބޭންކުން ފައިނޭންސް ކޮށްގެން ބޮޑެތި ޕްރޮޖެކްޓްތަކެއް ރާއްޖޭގައި ހިންގަމުންދާކަމަށެވެ. އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އެ މަސައްކަތްތައް ހުއްޓާލާނެކަމުގެ ބިރެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ވެރިކަމުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކާމެދު އަމަލުކުރައްވާނީ ގަބޫލުކުރެވޭ ހަމަތަކެއްގެ މަތިންކަން ޔަގީންކުރާކަމަށްވެސް ރަމޭޝް ވިދާޅުވިއެވެ.

"މިވަގުތު ފާހަގަކުރަންޖެހޭ ފަދަ އެއްވެސް ކަންބޮޑުވުމެއް ނެތް އައު ސަރުކާރުގެ ފަރާތުން." ރާއްޖޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތަކަކަށް ފައިނޭންސްކުރާ އެގްޒިިމް ބޭންކުގެ ޑީއެމްޑީ ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ދަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި ތިލަމާލެ ބްރިޖު، ހަނިމާދޫ އެއަރޕޯޓް، ގަން އެއަރޕޯޓް އަދި ގުޅީފަޅު ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެއެވެ. މި ޕްރޮޖެކްޓްތަކުގެ 75 އިންސައްތަ ފައިނޭންސް ކުރަނީ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން