ކެއްސާތީ ބޯން ބޭނުންކުރާ ކުޑަކުދިންނަށް ޚާއްސަ ޕެރަސެޓްމޯލް ބްރޭންޑްގެ ދިޔާ ބޭހެއް ބޭނުންކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

މަނާކޮށްފައި ވަނީ ޕެރެސެޓަމޯލް ޕީޑިއާޓްރިކް އޯރަލް ސަސްޕެންޝަން އައިޕީ 100 މިލިގެރާމް" އެވެ.



އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ބޭހުގެ ކުލަ ބަދަލުވެ، ގަނޑުވެފައި ހުރިކަމުން ބޭހުގެ ކޮލިޓީއަށް އަސަރުކޮށްފައި ހުރިކަމަށް އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށެވެ. ވީމާ، އެ އޮތޯރިޓީން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ، މި ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުން އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން