ފަހުން އިޢުލާންކުރި 4000 ފްލެޓްލިބޭ ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރަން ޕްލޭނިންގ މިނިސްޓްރީން ނިންމައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ގިނަފަރާތްތަކަކުން އެދެމުންގެންދާތީ 10 ނޮވެންބަރުގެ 23:59 އާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވެއެވެ.

މިސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ނިމޭ 4000 ފްލެޓް ލިބޭ މީހުން އިޢުލާން ކުރުމުން އެލިސްޓާއިމެދު ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން ވަނީ ޝަކުވާކޮށްފައެވެ. އެހެންކަމުން، އޭސީސީން ވެސް ވަނީ އެމައްސަލަ ބަލަން ފަށާފައެވެ. އަދި ހައުސިންގ މިނިސްޓްރީން ވަނީ މިއަދުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައެވެ. އެހެން ނަމަވެސް، ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން