އެމްޓީސީސީގެ މުވައްޒަފުންނަށް ޕާސަނަލް ފައިނޭންސް މެނޭޖްމަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.

ސީއީއޯ އާދަމް އާޒިމްގެ އިސްނެންގެވުމުގެ މަތިން، އިއްޔެ އެމްޓީސީސީގެ މުވައްޒަފުންނަށް ޕާސަނަލް ފައިނޭންސް މެނޭޖްމަންޓާ ބެހޭ މައުލޫމާތު ސެޝަނެއް ބާއްވާފައިވާއިރު، މި ހަރަކާތުގައި އެކުންފުނީގެ އެކި ޑިވިޝަންތަކުން 239 މުވައްޒަފުން ބައިވެރިވިކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައި ވެއެވެ. މި ސެޝަންގައި އެމްޓީސީސީގެ ސީއީއޯ އާޒިމާއި ސީއޯއޯ ޝާހިދު ޙުސައިން މޫސާވެސް ބައިވެރިވެވަޑައިގަތެވެ.

މި ސެޝަންގެ އަސާސީ އަމާޒަކީ ޕާސަނަލް ފައިނޭންސްގެ އަސާސީ އުސޫލުތަކާ ބެހޭ ގޮތުން ކޮންމެހެން ބޭނުންވާ ޢިލްމު ފޯރުކޮށްދިނުމާއި ދިގުމުއްދަތުގެ ފައިނޭންޝަލް ޕްލޭނިންގ އާއި ނިންމުންތައް ނިންމުމުގެ ސަގާފަތެއް ކުރިއެރުވުމެވެ. މި އިވެންޓް ބޭއްވުމުގައި ސީއީއޯ އާދަމް އާޒިމްގެ މަޤްޞަދަކަށްވީ އެމްޓީސީސީގެ މުވައްޒަފުންގެ ދިރިއުޅުން މުއްސަނދިކޮށް، އެމީހުންގެ ޒާތީ ދިރިއުޅުމާއި މަސައްކަތުގެ ދާއިރާއިން ވެސް ފުރިހަމަކަން އުފެއްދުން ކަމުގައި އެމްޓީސީސީން ފާހަގަކުރެއެވެ.

އޭގެ އެންމެ ބޮޑު މަގުސަދަކީ ޒިންމާދާރު މާލީ ސުލޫކަށް ހިތްވަރުދީ، މާލީ ރައްކާތެރިކަން އިތުރުކުރުން ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އަދި މިކަމުން ފައިދާ ލިބޭނީ މުވައްޒަފުންނަށް އެކަނި ނޫން ކަމަށާއި އެމީހުންގެ އާއިލާތަކަށް ވެސް މިފަދަ މަޢުލޫމާތުތަކުން ފައިދާ ކުރާނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

މި ސެޝަން ނަގައިދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތީ މޯލްޑިވިއަން އިކޮނޮމިކްސް، ފައިނޭންސް، އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާކާރު ވެޓެރަންއެއް ކަމުގައިވާ އިބްރާހިމް އާތިފް ޝަކޫރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން