ސިވިލް ކޯޓްގެ ފަނޑިޔާރަކަށް އަލްއުސްތާޛު އާދަމް ޛާލިފް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ގއ. ގެމަނަފުށި، އޯކިޑުމާގެ، އަލްއުސްތާޛު އާދަމް ޛާލިފް، ސިވިލް ކޯޓަށް ޢައްޔަންކުރަން ނިންމީ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އޭނާއާއި އިންޓަރވިއު ކުރުމަށްފަހު އިއްޔެ ބޭއްވި ޖޭއެސްސީގެ 71 ވަނަ ބައްދަލުވުމުގައެވެ.

އަލްއުސްތާޛު އާދަމް ޛާލިފަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އާއި މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ޖޭއެސްސީއިން ހާމަކޮށްފައި ވެއެވެ.

ޛާލިފަކީ ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.



ޛާލިފް ފަނޑިޔާރުކަމަށް ޢައްޔަންކުރަން ޖޭއެސްސީން ނިންމިއިރު ޛާލިފް އެންމެ ފަހުން މަސައްކަތްކުރައްވަމުން ދިޔައީ އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގައެވެ. އެތަނުގައި އޭނާ ފުރުއްވަމުން ދިޔައީ މެނޭޖިންގ ޕާޓްނަރގެ މަޤާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން