އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ކްރެޑިޓް ރިޕޯޓަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ދޫކުރުމަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.



އެމްއެމްއޭއިން ބުނީ ކްރެޑިޓް ރިޕޯޓަށް އެދޭ ފަރާތްތަކުގެ ރިކުއެސްޓްތައް ދެން ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށެވެ. މިގޮތަށް ހަމަޖެހުމާއި ގުޅިގެން ރިޕޯޓަށް އެދި ހުށަހަޅާ ފަރާތުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެފައި ވެއެވެ. އަދި ރިޕޯޓް ދޫކުރެވޭނީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެމްއެމްއޭއިން ވަނީ ކަސްޓަމަރުންގެ ރައްކާތެރި ކަމަށްޓަކައި އީފާސްގެ ލޮގިން މަޢުލޫމާތު އެއްވެސް ފަރާތަކާއި ޙިއްސާ ނުކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން