ސްޕުރީމް ކޯޓުން މިއަދު ކުރި ހުކުމާއިއެކު އެއްވެސް މުވައްސަސާ އަކަށް ގާނޫނީ އިމުން ބޭރުނުވެވޭނެކަން ސާބިތުވެގެން ހިގައްޖެ ކަަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާގުޅޭ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމުން ގޯސް ކަމަށާއި ނައިބް ރައީސް ނެތް ހާލަތުގައި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސްޕުރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ސްޕުރީމް ކޯޓުގެ ހުކުމާއި ގުޅިގެން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ހުކުމާއެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިކުރުވި ހާލަތު ބަދަލުވެެއްޖެ ކަމަށެވެެ. އަދި އެހުކުމާއެކު އެއްވެސް މުވައްސަސާއަކަށް ގާނޫނީ އިމުން ބޭރުނުވެވޭނެ ކަން ސާބިތުވެގެން ހިގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ ގަވާއިދު ހިތުހުރިގޮތަކަށް މާނަކުރާ ކުރާ ކުރުން ވެސް ހުކުމާއެކު ހުއްޓުމަށް އަންނާނެ، މިއީ ކުރިއަށް އޮތް މަރުހަލާތަކަށް ވެސް އިބްރަތެެއް،" ސައުދު ވިދާޅުވިއެވެ.

ސްޕުރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެގޮތުން މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެެވެ.

ސްޕުރީމް ކޯޓުގެ ހުކުމްގައި ބުނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރި ނަމަވެސް އެއީ ރަނގަޅު މާނަކުރުމެއް ނޫން ކަމަށެވެެ. އެގޮތުން މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ ކަމަށާއި މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމަށް ހުކުމްގައި ވަނީ ބުނެފައެެވެ.

މީގެ އިތުތުން ގާނޫނުއަސާސީގެ ދަށުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާއާއި އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމާއި ބަޖެޓް ފާސްކުރުމަކީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށާއި، އެ ކަންކަން އެއްވެސް ހާލަތެއްގައި ނުކޮށް ތިބުމުގެ އިހުތިޔާރެއް މަޖިލީހަށް ނޯންނާނެ ކަމަށް ސުޕުރީމް ކޯޓުގެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޢަސީ

10-Nov-2023

ޢެއް ކޮޅަށް ވަަހަކަ ދައްކާނެތާ ސައުދުގެ ޙިޔަ ފުރޭ ވަރައް މި ސަރުކާރުން ޕުރޮޖެކުޓް ދީފައި ހުރީމަ,މީނަ ވެސް ހީކުރީ ރައްޔިތުން ކަންކަން ނުބަލާނެ ކަމަށް



ޓްރެންޑިން