އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމުނަަސް އިންތިހާބީ ރައީސް ހުވާކުރުމަށް ހުރަހެއް ނެތް ކަމަށް ސްޕުރީމް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެންނެވެ. ނަޝީދު ވަކިކުރަން ހުށަހަަޅާފައިވާ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެެވެ.

އެމްޑީޕީގެ އެ ވާހަކަތަކާއި ދެކޮޅަށް ސްޕުރީމް ކޯޓުން މިއަދު ހުކުމްކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވި ކަމަށްޓަކާ މާތްﷲ އަށް ހަމްދުކުރައްވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް ހުވައި ކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސްޕުރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ ދަށުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާއާއި އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމަކީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށެވެ. އަދި އެ ކަންކަން އެއްވެސް ހާލަތެއްގައި ނުކޮށް ތިބުމުގެ އިހުތިޔާރެއް މަޖިލީހަށް ނޯންނާނެ ކަމަށް ހުކުމްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން