އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ފަސްކުރުމުގައި، ފަސް ދުވަސް ސުޕްރީމް ކޯޓުގެތެރެއިން ހިފަހައްޓައިލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި އެމްޑީޕީގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކުރެއްވި މެސެޖްތަކެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ލަސްކުރުމުގައި ފަސް ދުވަސް ސުޕްރީމް ކޯޓުގެތެރޭގައި ހިފަހައްޓައިލެވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވައިކުރުމާ ހަމައަށް ވެސް ހިފަހައްޓައިލެވޭނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހުވައި ކުރުމާ ހަމައަށް އެ މައްސަލައިގައި ގޮތެއް ނިންމުނަ ނުދީ ހިފަހައްޓައިލުމަށް ކުރިއަށް އޮތް ތަނުގައި ވަރަށް ފަސޭހަވާނެ ކަމަށެވެ.

އޭގެ ސަބަބަކީ އެމްޑީޕީގައި ވެސް މިހާރު އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރިއަށްދާން ތިބީ މަދު މެމްބަރުންތަކަކަށްވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީއިން ވެސް މިހާރު މި ކަމުގައި އުޅޭނީ ގިނަވެގެން އަށް [8] އެމްޕީ." އެމްޑީޕީގެ ކުރީގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. ސްޕުރީމް ކޯޓުގެ ހުކުމާއިއެކު ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވައްދާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކު އެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައަޅާފައިވަނީ އެމަނިކުފާނު ގާނޫނާއި ގަވާއިދާއި ހިލާފަށް މަޖިިލިސް ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ލޮލް

10-Nov-2023

ކިހާބޮޑުކަމެއް އަޅެމީނަޔާހުރެމިގައުމައްމިޖެހެނީ



ޓްރެންޑިން