މާލޭ ގެއެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި އިންޑިއާ އަންހެންމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ އެންމެ ފުރަތަމަ މީސްމީޑިއާގައި ދައުރުވާން ފެށީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. މިމައްސަލައިގައި އެ އަންހެން މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފައެވެ.

"މާލޭ ގެއެއްގައި ގެންގުޅޭ އިންޑިއާ މީހަކު އެގޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ އޮކްޓޫބަރ 24 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވޭ. މި މަައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 22 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފަ." މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާ ހޭންޑްލްއެއްގައި ދައުރުކޮށްފައިވާ ވީޑިއޯއެއްގައި މި އަންހެން މީހާ، ކުއްޖާ ނިންދަވަން މަސައްކަތްކުރާއިރު ކުއްޖާގެ މޫނުމަތީގައި ބާރަށް ޖަހާ މަންޒަރު ފެނިގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން