ރާއްޖެއިން ބޭރުގައި ހުންނަ ހައިކޮމިޝަންތަކާއި އެމްބަސީތަކުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ރާއްޖެ އެނބުރި އައުމަށް އަންގައިފިއެވެ.

ހައިކޮމިޝަންތަކާއި އެމްބަސީތަކުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ރާއްޖެ އެނބުރި އައުމަށް ފޮރިން މިނިސްޓްރީން އަންގާފައި މިވަނީ ރާއްޖެއިން ބޭރުގައި ޚާރިޖީ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ގެނައުމަށް އިންތިހާބީ ރައީސް އެދިވަޑައިގަތުމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމަށް އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން މި ހަފުތާގެ ނިޔަލަށް އެނބުރި އައުމަށް އަންގާފައިވާކަމަށެވެ. އެގޮތުން 61 ބޭފުޅަކު މިމަހުގެ 18 ގެ ކުރިން ރާއްޖެއަށް އަނބުރާ ވަޑައިގެންނެވުމަށް އަންގާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަ ހައިކޮމިޝަންތަކާއި އެމްބަސީތަކުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ރާއްޖެ އެނބުރި އައުމަށް ސީދާ އެންގެވި ސަބަބެއް ނޭނގެއެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެމްބަސީތަކުގައި ސިޔާސީ ބޭކާރު މަގާމުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ރައްއިތުމީހާ

10-Nov-2023

އަބޫދާބީގައި ހުންނަ އެންބަސީގައި އުޅޭގިނަމީހުން އުޅެނިއެމީހުންގެ އަމިއްލަވިޔަފާރީގައި އަވަދިނެތި ފަސްޓް ސެކެއްޓަރީންފެށިެން ގޮސް ދަށުގައިއުޅޭމީހުންވެސް



ޓްރެންޑިން