ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރިޔާސީ ގެކޮޅު، މުލިއާގެއިން ނިކުމެވަޑައިގެންފި އެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއަށް ދިރިއުޅުން ބަދަލުކުރައްވާފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަމާއި ހަވާލުވަޑައިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސްގެ ދެކަނބަލުން މުލިއާގެ ދޫކުރައްވާ ވަޑައިގެންފައި މިވަނީ މިމަހުގެ 17 ވަނަ ދުވަހު ރައީސް ސޯޯލިހްގެ ރިޔާސީ ދައުރު ހަމަވާން ހަފުތާއަކަށް ވެފައިވަނިކޮށެވެ.



ރައީސް ސާލިޙުގެ ދެކަނބަލުން ދިރިއުޅުން ބަދަލުކުރެއްވީ މެޑަމް ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވާ މ. ސަނީ އިން އަށް ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ލިބިފައެއް ނުވެއެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނީ މިމަހުގެ 17 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ. އެމަނިކުފާނު ރައީސުލްޖުމުހޫރިއްޔާ ޖަމުގެ ހުވައިކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ ޖުމުހޫރީ މައިދާނުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން