އަހުމަދު މަސްނޫމް   10 ނޮވެމްބަރު 2023 - 23:43
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10 ޖަހާއިރުކަމަށެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރިއްޔަތު ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އެއަށްފަހު އަނެއްކާވެސް ރަސްކަމަކަށް ބަދަލުވީއެވެ. އެއީ 7 މާޗް 1954 ގައެވެ.

މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްމަރުހޫމް އިބްރާހީމް ނާޞިރެވެ.

ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ނުރަބޯ

11-Nov-2023

އަހަރެމެންނަކު ނޫޅެން މަހާޗޯރު ދައްކާ ކޮސް ވާހަކަ އަޑުއަހާކަށް.



ޓްރެންޑިން