ކުރިއަށް އޮތް 5 އަހަރުގެ ރިޔާސީ ދައުރަށް އިންތިހާބުވެ ވަޑައިގެންފައިވާ ޑރ. މުއިއްޒުގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރގެ މަގާމަށް އައްޔަންކުރާނެކަމަށް ބެލެވޭ ޑރ. މުހައްމަދު ޝަފީގަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

އިންތިހާބީ ރައީސް މަގާމުގެ ހުވާކުރައްވާނީ އަންނަ ހުކުރުދުވަހު ހަވީރުއެވެ. އަދި އެ ދުވަހު އެމަނިކުފާނުގެ ކެބިނެޓްގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާނެއެވެ.

ކެބިނެޓަށް އައްްޔަންކުރައްވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުން މިހާރު ވަނީ މީޑީއާއަށް ތިލަވެފައެވެ. ކުރިންވެސް ކެބިނެޓަށް އަންނާނެކަމަށް ބެލެވުނު ބައެއް ބޭފުޅުން މި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ކެބިނެޓްގެ ގިނަ ބޭފުޅުންނަށް އާއްމުންގެ ރުހުން އެބައޮތެވެ. ނަމަވެސް މަދު ބޭފުޅަކާއި މެދު ރައްޔިތުންގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

މިގޮތުން އެންމެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނީ ފިނޭންސް މިނިސްޓަރުކަމަށް އަންނާނެކަމަށް ބެލެވޭ ބޭފުޅާއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރަން ނިންމާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީީގްއެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބޭފުޅުން ވިދާޅުވީ ޝަފީގަކީ އެ މަގާމަށް އެކަށޭނެ ބޭފުޅެއް ނޫންކަމަށެވެ. އަދި އޭނާއަށް މަގާމު ދިނުމަކީ މުއިއްޒު އަޅުއްވާނެ "ޅަ" އެއްޗެއްކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

ޝަފީގާއެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން "ރަސް އޮންލައިން" އާ ވާހަކަ ދައްކަވަމުން ފާހަގަކުރެއްވީވެސް އޭނާގެ ނަގާބިލްކަމެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން "ސައި ދިން ވަރަކަށް" ކަންކަން ކުރަން ފަސޭހަކަމަށެވެ.

ކޮންމެއަކަސް މުއިއްޒުގެ ސަރުކާރުގެ މިނިސްޓަރުން މަޑުމަޑުން ހާމަވަމުންދާއިރު، ބައެއް ބޭފުޅުން އައްޔަންކުރައްވަނީ އެ ބޭފުޅުންނާއި ނުވެސް ގުޅޭ ދާއިރާތަކުންކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

....

11-Nov-2023

މަގާމަށް ޝަފީގް އަށް ވުރެ ވަކި ގާބިލް އެހެން މީހެއް ކޮބާ؟


-3

ވައްލަ

11-Nov-2023

ކިތަންމެ ވަރަކަށް އަގު ވެއްޓިޔަކަސް ވާނެ ކަމެއް ނޯންނާނެ. ތިޔަ ބެރުތަަކަށް ނެށި މީހުން މާޒީވެ ހިނގައްޖެ.


0

ވައްލަ

11-Nov-2023

ކިތަންމެ ވަރަކަށް އަގު ވެއްޓިޔަކަސް ވާނެ ކަމެއް ނޯންނާނެ. ތިޔަ ބެރުތަަކަށް ނެށި މީހުން މާޒީވެ ހިނގައްޖެ.


1

ސަމާމު ރަައި

11-Nov-2023

ސަފީްު ބަރާބަރު ހަޖަމް ކޮއްލާ އާލާތުން ކިބަިނ އެއޮތީ ބަަލާފަ



ޓްރެންޑިން