ފަލަސްތީނުގެ ރައްޔިތުން އުޅޭ ދަތިހާލުން ސަލާމަތްވުން އޮތީ މުސްލިމުންގެ އެއްބައިވަންތަކަމާއި ގުޅިފައިކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އައު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވާނެކަމަށް ބެލެވޭ ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދިނުމަށް ގިނަ ބަޔަކު އިސްލާމީ މުޖްތަމަޢުއަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ޒަމާންވީ މައްސަލަ ހައްލު ކުރުން ގުޅިފައި އޮތީ މުސްލިމުންގެ އެއްބައިވަންތަކަމާއެވެ. އަދި ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އައިއޯސީން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވަނީ އިސްލާމީ އުއްމަތުގެ ވެރިން ގުޅިގެން، ފަލަސްތީނުގެ މައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މިދިޔަމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 11 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ބައެއް ބިމާއި ހަމަކޮށްލާފައި ވާއިރު ބައިނަލްއަގުވާމީ މުޖުތަމައުން މިކަންކަން ހުއްޓުވުމަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން