ގިނަ ދުވަސްތަކަކަަށްފަހު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފުޓްސަލް ކުޅުއްވުމަށް ދަނޑަށް ވަޑައިގެންފިއެވެ.

ޖަލު ހުކުމެއް އިއްވާފައިވާ އަދި މިވަގުތު މާލޭ ބަންދަށް ދޫކޮށްލާފައިވާ ރައީސް ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ގިނައިން ފުޓްސަލް ކުޅުއްވަން ފުޓްސަލް ދަނޑުތަކަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ކަސްރަތު ކުރެއްވުމަށް ޝައުގުވެރިވާ ރައީސް ޔާމީން މިރޭ ވަނީ މާފަންނު ސްޓޭޑިއަމްގެ ލެގޫންސް ދަނޑަށް ފުޓްސަލް ކުޅުއްވުމަށް ވަޑައިގެންފައެވެ. ގާތް ބޭފުޅުންތަކަކާއެކު ކުޅުއްވި މި ފުޓްސަލް މެޗުގައި ރައީސް ޔާމީންގެ ހުނަރުވެރިކަން ވަނީ ދައްކާލާފައެވެ.

ރައީސް ޔާމީން ފުޓްސަލް ކުޅުއްވަން ފައްޓަވާފައި މިވަނީ ޕީޕީއެމް އޮފީހުގައި އެމަނިކުފާނު ޖަލްސާތައް ބާއްވަވާތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ފުޓްސަލް ކުޅުއްވަން ވަޑައިގެންނެވުމުން ރައީސް ޔާމީނަށް ކަރެކްޝަނުން އިންޒާރު ދިންކަމެއް މިހާތަނަށް އެނގިފައެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން