ޒަހީނުއްދީން ސަޢީދު   11 ނޮވެމްބަރު 2023 - 14:48
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ފްލެޓްތަކުގެ ދާއިމީ ލިސްޓަށް 7400 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވާ ކަމަށް ޕުލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރަން ހަމަޖެހިފައިވަނީ 4،000 ފްލެޓެވެ. ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ދޫކުރާ މީހުންނަށް ޕޮއިންޓު އުސޫލުން ފްލެޓު ދިނުމުން، އެ މައްސަލަ ހޫނުވެ ޕްލޭނިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން ފުލެޓް ލިސްޓަށް ޝަކުވާ ހުށައަޅަން ދިން ފަސް ދުވަހުގެ މުއްދަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފައެވެެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ބުނީ ފުލެޓް ލިސްޓަށް ޖުމްލަ 7،421 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭސީސީން މީގެ ކުރިން ވަނީ ފުލެޓް ލިސްޓަށް ހުށައަޅާ ޝަކުވާތައް ބެލުމަށްފަހު ފުލެޓް ހަވާލުކުރަން ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައެވެ.

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދީފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށް ކަމަށެވެެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓް ދެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށް ކަމަށް އެ މިިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން