އޮމާންކަމާއެކު ވެރިކަން ބަދަލު މިވަނީ މިފަހަރު އެކަނި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ޕާޓީ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ފަހުން މީގެ ކުރިން ވެރިކަން ބަދަލުވެފައި ވަނީ ހަމަ އެކަނި ވޯޓަކުން ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން އެކަން ހިނގާފައި އޮތީ "ވޯޓުން ނުވިއްޔާ ކޯޓުން ނުވަތަ މަގުމަތިން" ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން." ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-2

މުނަިރު

11-Nov-2023

ފައްކާ ހިޔާލެއް


4

ޖުހާ

11-Nov-2023

އޮމާންކޮއްވެރިކަން ބަދަލުކުރަންދޯ ކޮއްކޮ ހުޅުމާލެ ދާއިރާގެ މަޖިލީސް މެމްބަރު ކައިރީގަ ބުނެގެން އިހުތީޖާޖުކުރަން ނިއްމީ ވާހަކަވަރައްރީތި މީހާވަރައްމުޑުދާރު


-9

ވެރިން

11-Nov-2023

ތިބުނާ އޮމާންކަމެއްގާ ވެރިކަންބަދަލުވިނަމަ މިހާރު ތި ކޮންފުރައްސާރައެއްތި ކުރަނީ? އެނގޭތަ ރަށްރަށަށް ކެންޕިއަނަށް އަރާ ވެރިކަންބަދަލުވެދާނެތީ ފުލުހުންލައްވާއެރަށްރަށުގެ ރައިއްޔަތުންނަށް ކުރެވުނު އަނިޔާތަކާ މުދަލަށް ދިންގެއްލުންތައް, ހަނދާންއެބަހުރިތަ? މީހުންގެ ހިތުން ފިލާނެކަމަށްތަ ތި ހީކުރީ! މާމޮޅުމީހަކަށް މާއޯގާތެރިމީހަކަށް ދެއްކެން ތި އުޅެނީ!!?



ޓްރެންޑިން