މިސަރުކާރުން ހޯދި ކާމިޔާބުތައް ނަގަހައްޓައި ދަމަހައްޓައި އަށަގެންނެވުމަކީ ދެން އަންނަ ސަރުކާރުތަކާއި، ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދުޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ދުވަހުގެ މުނާސަބާތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ މިމަހުގެ 17 ވަނަ ދުވަހު ހަވާލުވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެެ. ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުން ހޯދި ކާމިޔާބުތައް ނަގަހައްޓައި ދަމަހައްޓައި އަށަގެންނެވުމަކީ ދެން އަންނަ ސަރުކާރުތަކާއި، ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ސުލްހަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު މިންވަރު ކުރެއްވުން." ވަދާޢީ ހިތާބުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިއަދު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ގައުމު އޮތް ހާލަތުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އަރައިގަނެވިފައި އޮތްކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގައި ކުރެވިފައިވާ މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޤައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން