އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުވީ މިފަހަރު އެކަނި ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން މިހެން ވިދާޅުވީ އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިވެރިކަމުގައި ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޞާލިހުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް އަލްއުސްތާޒު މައުމޫން ވިދާޅުވީ، އެއީ ހަމައެކަނި މިފަހަރު ހިނގި ކަމެއް ނޫންކަމަށެވެެ.

އެގޮތުން 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



ޖުމުހޫރީ ދުވަހުގެ މުނާސަބާތުގައި ރައީސް ސޯލިހް ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށެވެ. އަދި މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ާަިއަރޭ

11-Nov-2023

މިފަހަރު ތިޔަ ހެއްދެވީ އިތުރުފުޅެއް


4

ާަިއަރޭ

11-Nov-2023

މިފަހަރު ތިޔަ ހެއްދެވީ އިތުރުފުޅެއް



ޓްރެންޑިން