ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމޭއިރު އެ އެއާޕޯޓަކީ މި ސަރަހައްދުގައި އޮތް އެންމެ ހިތްގައިމު އެއާޕޯޓަށް ވެގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެެ.

ޖުމުހޫރީ ދުވަހުގެ މުނާސަބާތުގައި ގައުމާއި މުހާތަބު ކުރައްވައި ދެއްވި ޚިތާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވިއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބިންގާ އަޅާފައިވާ ކަމަށެވެެ. އެހެން ނަމަވެސް އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭނުންވާ ފައިސާ ހޯއްދެވީ އެމަނިކުފާނުގެ ސަރުކާރުންކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓްގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޭނުންވާ ބައެއް ބަދަލުތައް ޓަރމިނަލްގެ ޑިޒައިނަށް ގެނެސްފައިވާކަމަށެވެ. އަދި އެބަދަލުތަކާއެކު އެއަރޕޯޓުގެ މަލަމަތިން މިހާރު ފެންނަން ހުރި ހިތްގައިމު ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު އެޓަރމިނަލް ވެގެންދާނީ މިސަރަޙައްދުގައި ހުރި އެންމެ ހިތްގައިމު އެއް ޓަރމިނަލަށްކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު މިއަދު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލްގެ އެއަރޕޯޓުގެ މަސައްކަތާއި އައްޑޫގެ އިޤްތިޞާދާއި ގުޅިފައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށެވެެ.

ރާއްޖޭގެ އިޤްތިޞާދުކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ނިމިގެންދާއިރު އެބޮޑު ބަދަލާއެކު ރާއްޖޭގެ އިޤްތިޞާދު 2028 ވަނަ އަހަރު ދެގުނަ އިތުރުވެގެންދާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ޞާލިހު މިއަދު ވެސް ވަނީ ތަކުރާރުކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން