ކުރިއަށް އޮތް ތަނުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރާނެ ކަމަށް އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ސަފީރު މަނޫ މުހާވަރު ވިދާޅުވެއްޖެއެވެ.

މަހާވަރު މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.



މަހާވަރު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއިން ވަނީ ނޮވެމްބަރ 17 ގައި އޮންނަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު ދީފައެވެ. އެހެން ނަމަވެސް، އިންޑިއާގެ ޚާރިޖީ ވަޒީރު އަރިންދަމް ބަގްޗީ ވިދާޅުވިގޮތުގައި އިންޑިއާގެ ފަރާތުން މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ބޭފުޅެއް އަދި ނިންމާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން