ރާއްޖެއަކީ އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގައި ޚާއްސަ މަޤާމެއް ދީފައިވާ ޤައުމެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފުނުއްވައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައެވެ.



މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ތާރީޚާއި ޘަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

"ބޮޑުވަޒީރު މޯދީގެ މެސެޖުގައި އިންޑިޔާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއްކަމަށާއި، މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު، ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް ދަ ރީޖަން، ޤާއިމުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ގައުމެއް ކަމުގައި ވިދާޅުވި." އިންޑިއާ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރަށްވެސް، ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްޓަކައި ރާއްޖެއާ ގުޅިިގެން މަސައްކަތް ކުރުމަށް އިންޑިއާއިން މަސައްކަތް ކުރާނެކަށްވެސް މޯދީ ވިދާޅުވެފައި ވެއެވެ.

އަދި ކުރިއަށްއޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނަރޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށްވެސް މޯދީ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން