އަލަށް އުފެދޭ ސަރުކާރަކީ އިސް މަގާމުތަކުގައި އެންމެ ގިނަ ކަނބަލުން ހިމެނޭ ސަރުކާރަށްވާނެ ކަމަަަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ މުޅި ކެބިނެޓްގެ ނިސްބަތުން ކަނބަލުން މަދުވި ނަމަވެސް މުޅި ސަރުކާރުގެ އިސް މަގާމުތަކަށް ބަލާއިރު ކަނބަލުން މަދުނުވާނެކަމަށެވެ. އެގޮތުން 6 ކުންފުންޏެއްގެ އެންމެ އިސް މަގާމަށް ކަނބަލުން އައްޔަންކުރަން ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވިޢެެވެ.

މުއިއްޒު ވިދާޅުވީ އަލަށް އުފެދޭ ސަރުކާރަކީ އިސް މަގާމްތަކަށް އެންމެ ގިނަ ކަނބަލުން އައްޔަންކުރާނެ ސަރުކާރުކަމަށެވެ.

"ކެބިނެޓާއި ކުންފުނިތައް އެއްކޮށްލާއިރު މިހާތަނަށް ޓޮޕް މެނޭޖްމަންޓުގައި އަންހެން ބޭފުޅުން އެންމެ ގިނަ ސަރުކާރަށް ވެގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާތަނަށް އައިއިރު 6 އަންހެން ބޭފުޅަކު ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކުރަން ނިންމާފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ސަރުކާރު ހިންގުމުގައި ކަނބަލުންގެ ދައުރު ބޮޑުކުރުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން