ބ. އަތޮޅު ނެލިވަރާއި ހުރާފަރަކީ ހިމާޔަަތްކޮށްފައިވާ ދެ ސަރަހައްދުގެ ގޮތުގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖުން ހަމަޖައްސައިފިއެވެ.

އެންމަޑީގެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅު ނެލިވަރާއި ހުރާފަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސީ އެ ތަކެތި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައިކަމަށް މިިނިސްޓްރީން ބުނެއެވެ.

ނެލިވަރު ސަރަހައްދަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަަރަހައްދަކަށްވާއިރު މިއީ އެންމަޑި އާލާވުމާއި ވިހެއުމަށްވެސް މުހިންމު ސަރަހައްދެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ.

ހުރާފަރު ސަރަހައްދަކީ ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ އެންމަޑީގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުގައި އެންމަޑީގެ ދިރުންތައް އާލާވެ އެންމަޑީގެ ކާނާ ހޯދުމަށް ފަސޭހަ ހިސާބެއްކަމަށް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހިމާޔާތްކޮށްފައިވާ މި ދެ ސަރަޙައްދުގައި ކުރުން މަނާކަންތައްތައްވެސް އާންމުކުރައްވާފައެވެ. އެގޮތުން އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ދިރުންތަކަށް ގޯނާ ކުރުމާއި، ބިން ހިއްކުމާއި ފަޅު ހިއްކުން ފަދަ ކަންކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާ ކުރުމާއި އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމާއި، އެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރގެ މަސައްކަތްފަދަ ކަންކަން ކުރުމަކީވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން