އިންޑިއާއާއި ރާއްޖެއަކީ ވަކިނުކުރެވޭވަރުގެ ގާތް 2 ޤައުމުކަމަށާއި، އިންޑިއާއާއެކު އޮންނަ ގުޅުން އެގޮތުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ހައްލު ނުކުރެވޭ ވަރުގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭތީކަމަށާއި، ކޮންމެހެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ނޫންކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަށް ދިވެހިން ދެކޮޅުކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެންމެ ބޮޑަށް ހާމަވެގެން ދިޔައީވެސް އެކަންކަން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާނެކަމަށާއި، އެކަމުގައި އިންޑިއާއިންވެސް އެއްބާރުލުން ދެއްވާނެކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"މިހާތަނަށް އައިއިރު 2 ފަހަރެއްގެ މަތިން އިންޑިއާ ސަފީރާއި ބައްދަލުވެއްޖެ، ވަރަށް ރަނގަޅަށް މަޝްވަރާތައް ދިޔައީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާ އެންމެ އަވަށްޓެރި ގައުމުކަމަށާއި، ދެ ޤައުމުގެ މެދުގައި އޮތީ ވަކިނުކުރެވޭ ވަރުގެ ގުޅުމެއްކަމަަށެވެ. އަދި ބޭނުންވަނީ އިންޑިއާއާއި ގުޅިގެން އިންޑިއާގެވެސް އެހީތެރިކަން ލިބުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ޤައުމުތަކާއި ގުޅުން ބަދަހިކުރިނަމަވެސް، އަބަދުވެސް އިސްކުރާނީ ރާއްޖޭގެ މަސްލަހަތުކަމަށާއި، ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ޕޮލިސީކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

-1

ޢަތްޔަ

12-Nov-2023

ބަލަކޮތްމެމިހަކު ކޮތްމެއެއްޗެކެބުންޏަސް އިންޑިއައި ގުޅުންކަނޑަލައިގެން ދިވެހިރައަޖެއެގަރަތްޔިތުންނަތް ވަރަތްއުނދަގުވަނެ ނުންތޮ ވިމަ ކޮތްމެ މިހަކުވެރިކަމަތް އަޔަސް އިންޑިޔައި ގުޅުން ނުކެޑެނެ އެއިބޮލައް ސިކުނޑިއަތް ގަބުލުކުރެވެނެ ވަހަކައެއްނުން އެއިސިޔަސިގޮތުންމިހުންދައްކަ ވަަހަކަ މޮޅައްދެނެވޮޑިގެންވަނިﷲ

3

ޓްރެންޑިން