ފުށިދިއްގަރު ފަޅު ހިއްކަން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަމާޒަކީ ވެރިކަމުގެ ފުރަތަމަ މަސް ތެރޭގައި ފުށި ދިއްގަރު މަޝްރޫއުގެ މަސައްކަތް ފެށުން ކަމަށެވެ. އަދި އެތަން ހިއްކަން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދާނީ ދައުލަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެންމެ ލަސްވެގެންވެސް 10 ވަރަކަށް މަސްތެރޭގައި ފުށިދިއްގަރު ފަޅު ހިއްކައި ނިންމާލެވޭނެ ކަމަށެވެ. އަދި އެއަށާފަހު އެތަނުގެ ވަށައިގެން ބޮޑު ހިލަ ޖަހައި އެތަނަށް ބޭނުންވާ އިންވެސްޓްމަންޓްތައް ގެންނާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ކަން ފާހަގަކުރެވެއެެވެ. އިންތިހާބީ ރައީސްގެ އެދިވަޑަައިގަތުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެ މަޝްހޫރު ހިންގަން ބޭނުންވާ ފައިސާ ވެސް ވަނީ ބަޖެޓްކޮށްފައެވެ.

މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި މާލެ ސަރަހައްދު ކައިރީގައި އޮތް، އަދި މިހާރު ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 65،000 ގޯތި ދޫކުރުން ހިމެނެއެވެ. އެގޮތުން ފުށިދިއްގަރު ފަޅުން 11،970 ގޯއްޗާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރި އެޕާޓްމަންޓްތަކުގެ 26،500 ހައުސިން ޔުނިޓް އަޅާނެ ކަމަށް މުއިއްޒުގެ މެނިފެސްޓޯގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙަސަނު

12-Nov-2023

ހަމަ މާލޭގެ ރައްޔިތުން ވަންނާނެ ތަނެއް ނެތިގެން މަގުމަތީގަ ނިދާއުޅޭތީ ދޯ. ތިދިންގޯތިތަކާ ފުލެޓުތަކުން މާލޭގެ ރައްވެހިންނަށް ލިބުފުލޭޓުގެ އަދަދާ އެނޫންމީހުންށް ލިބުނު އަދަދު ނޫސްތަކުން ގެނެސްދޭންޖޭހޭ. މިހުރުހާ މަޝްރޫއެެއް މިހިނަގާނީ މާލެތޮއްޖެހޭތީ. ޢެކަމަކު މިހުރިހާތަންތަން ފޔރުނުއިރުވެސް މާލެއަކަށް ލުޔެއްނުލިބޭ. ބޯހަލާކު....



ޓްރެންޑިން