އައްޑޫ ސިޓީގެ ތަރައްޤީއަށް އިސްކަންދެެއްވާނެކަމަށާއި، އެއީ އައްޑޫ ރައްޔިތުންނަށް އެކަންކަން ހައްގުވާތީކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އަންނަ ހުކުރުދުވަހު ފަށާ އައު ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާނެކަމަށް ޔަގީންވެފައިވާ ޣައްޞާން މައުމޫން މިހެން ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރުގައި އައްޑޫގެ ތަރައްޤީއަށް ހުރި ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަކީ އައްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ 5 އަހަރުކަމަށާއި، އެގޮތުން ޑރ. މުއިއްޒުގެ ވެރިކަމުގައި އައްޑޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރާއްވަވާފައިވާކަމަށެެވެ.
ޣައްސާން ވިދާޅުވީ އައްޑޫގެ ތަރައްޤީއަކީ މުޅި ރާއްޖޭގެ ތަރައްޤީއާ ގުޅިފައި އޮތްކަމެއްކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ޤަބޫލުކުރައްވާކަމަށެވެ.
"ރައީސް މުޢިއްޒު ގަބޫލުފުޅުކުރައްވާގޮތުގައި އައްޑޫ ސިޓީއަކީ ދިވެހި މުޅި އިޤްތިޞާދު ކުރި އެރުވުމުގައި ދިވެހިރާއްޖެ ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ހިއްސާއެއްވާނެ ތަނެއް. އެހެންވެގެން ވަރަށް މުހިންމުކަން އައްޑޫ ސިޓީއަށް ދެއްވާފައި އެ އޮތީ. ހަމަ އެސިޓީއަށް އެކަން ހައްގުވާތީ." ޣައްސާން މައުމޫން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކާއި އެހެން ސަރަހައްދުތަކަށްވެސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު