މާލޭގައި ހުންނަ ކޭއެފްސީ އަދި ޕިއްޒާ ހަޓްގެ އައުޓްލެޓްތަކަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.

މާލޭގައި ހުންނަ ކޭއެފްސީ އަދި ޕިއްޒާ ހަޓްގެ އައުޓްލެޓްތަކަށް ބަޔަކު ކަޅުތެޔޮ ޖަހާފައި މިވަނީ، އެއީ އިސްރާއީލުގެ ޔަހޫދީން ހިންގާ ވިޔަފާރިތަކެއްކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބްރޭންޑްތަކާއި ދެކޮޅަށް ބޮއިކޮޓް ކުރުމުގެ ކެމްޕެއިންތައް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

ޕިއްޒާ ހަޓާއި ކޭއެފްސީގެ އިތުރުން، ރާއްޖޭގައި ކޮކާކޯލާ އުފައްދާ މާލޭ އެރޭޓަޑް ވޯޓަރ ކޮމްޕެނީގެ އޮފީހަށްވެސް ބަޔަކު ވަނީ ކަޅުތެޔޮ ޖަހާފައެވެ.

ފުލުހުން ބުނީ ކަޅުތެޔޮ ޖެހީ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ނަޖީ

12-Nov-2023

އިޒުތެއިލުގެ އެއްވެސް އުފެއްދުމެބޭނުންކުރާކޮމްމެތަނެ ޖެހޭބަންދުކުރަން ރުހުމުގަ ނުކޮއްފިއްޔާ ރައްޔިތުން ނިކުމެ ބަންދުކުރާނެ



ޓްރެންޑިން