ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 6 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

ޖުޑީޝަލް ސަރވިސަސް ކޮމިޝަން، ޖޭއެސްސީން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވީ، އެ ކޯޓުގެ ފަނޑިޔާރު އަޙްމަދު ޝަކީލު ރިޓަޔާކުރައްވަން ޖޭއެސްސީން ނިންމުމުންނެވެ. ޝަކީލް ރިޓަޔަވުމަށް އެދިލެއްވީ ސިއްހީ ސަބަބަކާ ހުރެކަމަށް ބުނެއެވެ.

ޖޭއެއެސްސީން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް 6 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ. އެއީ،؛

1- ޢަބްދުއްސަލާމް

2- ރުޝްދާ އަބްދުﷲ

3- އަހުމަދު ނައުޝާދު

4- އަލީ ނަސީރު

5- މަރްޔަމް ނިހާޔަތު

6- އަބްދުލް މާނިއު ހުސައިން

ހައިކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އޭގެ އިތުރަށް އެލަވަންސްތައް ހިމެނޭނެއެވެ.

މީގެ ކުރިން ނިމިދިޔަ މަހުގެ 30ވަނަ ދުވަހު، ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަންކޮށްފައެވެ. އަދި، ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު ވަނީ އައްޔަންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން