ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރަން އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެެ.

ރަައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އީވާ ނާއިބް ރައީސްގެ މަގާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ސޮއި ހޯދުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށެވެ. އަދި އީވާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ގަރާރެއް ހުށައަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފައިވާ ކަމަށް ނިޔާ ވިދާޅުވިއެވެެ.

މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން މަސަައްކަތް ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވި ނިންމެވުމާއި ގުޅިގެންނެވެެ.

މިއަދު 11:30 ގައި ބޭއްވި ޖަލްސާގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަަށްފަހު އީވާ ވިދާޅުވީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރަކީ މިއަދު ހެނދުނު 09:00 ޖެހިއިރު ބޭއްވި ޖަލްސާގައި، މިއަދުގެ ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ވިދާޅުވިއެެވެ.

އެމައްސަލައާއި ގުޅިގެން އީވާ އާއި އަފީފް މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރަައިގެން ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން