ރޭގެ ވަގުތެއްގައި ފިސްތޯލައެެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހި މީޙާ ދޫކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރީ ފިސްތޯލައެއްގެ ސިފައަށް އޮތް ގޭސް އުނދުން ރޯކުރާ ލައިޓަރެެއް ފެނިގެންނެވެ. ލަންކާ ފުލުހުންނާއި ހަވާލާދީ ސްރީ ލަންކާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 58 އަހަރުގެ މި މީހާ އިއްޔެ އުޅުނީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ފުރާށެވެ.

ފުލުހުން ބުނީ އޭނާގެ ލަގޭޖް ބަލާ ފާސްކުރުމުގެ ތެރެއިން ރިވޯލްވާއެއްގެ ސިފައިގައި އޮތް އެއްޗެއް ފެނިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން