މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ވެހިކަލެއް ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ފުވައްމުލައް ސިޓީ އެއަރޕޯޓްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފަކަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އަދި ނޭނގޭޢެވެ.

ކަމާއި ބެހޭ ފަރާތްތަކުން ދަނީ އެއާރޕޯޓްގައި ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިންދާބޯޓުގައި ޖެހިފައި ވަނީ ކާގޯ އުފުލުމަށް ބޭނުންކުރާ ވެހިކަލެކެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސްކަމަށާއި އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން