އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން އިތުރު ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ.

މީގެ އިތުރުން މާދަމާ ހެނދުނު 11 ޖަހާއިރު ބާއްވާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު މަޖިލިސް ގަވާއިދާ ހިލާފު ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ވަނީ ގަރާރު ބޭރުކޮށްލާފައެެެވެ. އަދި އޭގެފަހުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތަށް ވަޑައިގެން މިއަދު ފަހުން ބޭއްވި ޖަލްސާގައި ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުވެފައިވާ ކަމަށް ވިދާޅުވެ ދެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމާލާފައެވެެ.

މި މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން މަޖިލީހުގެ އާންމު ކޮމިޓީން މިހާރު ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން